މެނޫ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
WD Committee

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

ރަށުގެ އަންހެނުންގެ ކުރިއެރުމަށާއި، އިޖުތިމާއީ އަދި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ރަސްމީ އިދާރާ.

ތަޞައްވުރު

ބިލެތްފަހީގެ އަންހެނުންނަކީ މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގައި ފާހަގަކޮށްލެވޭ، ފުދުންތެރި، އަދި ބާރުވެރި ބަޔަކަށް ހެދުން.

މިޝަން

އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް، ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީ، އިޖުތިމާއީ ކުރިއެރުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން.

މަސްއޫލިއްޔަތުތަކާއި ޒިންމާތައް

01

އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރުން

ރަށުގެ އަންހެނުންގެ ކުރިއެރުމަށާއި ތަރައްޤީއަށް ބޭނުންވާ އެކި އެކި ޕްރޮގްރާމްތަކާއި ހަރަކާތްތައް ރޭވުމާއި ހިންގުން. މީގެ ތެރޭގައި ހޭލުންތެރިކުރުމުގެ ސެޝަންތަކާއި އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުން ހިމެނެއެވެ.

02

އިޤްތިޞާދީ ފުރުޞަތުތައް ފަހިކުރުން

އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މާކެޓިންގ އަދި ވިޔަފާރީގެ ހުނަރުތައް ދަސްކޮށްދިނުމުގެ މަސައްކަތްތައް ހިންގުން.

03

ލަފާދިނުމާއި ބައިވެރިވުން

ކައުންސިލުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގައި އަންހެނުންގެ ޚިޔާލާއި މަޝްވަރާ ހިމެނުމަށް ބާރުއެޅުމާއި، ރަށު ފެންވަރުގައި ނިންމާ ނިންމުންތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުން.

ކޮމިޓީގެ ހިންގާ ގަވާއިދު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް ތަރުތީބުކޮށް، ހިންގުމުގައި އަމަލުކުރަންޖެހޭ ރަސްމީ އުސޫލުތައް މި ފައިލުން ފެންނަން ހުންނާނެއެވެ.

ޤަވާޢިދު ޑައުންލޯޑް ކުރައްވާ